މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
އެގްރިކަލްޗަރ ޑާޓާ އެޕްލިކޭޝަން ހެދުމަށް ބޭނުންވާ ފަރާތެއް ހޯދުން

 

މި މިނިސްޓްރީއިން ވަނީ ދަނޑުވެރިކަމާ ގުޅޭ ޑާޓާ އެޕްލިކޭޝަނެއް ހެދުމަށް ނިންމާފައެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ދަނޑުވެރިކަމުން އުފައްދާ މިންވަރާއި ދަނޑުވެރިކަމުގެ މަންފާ ފަސޭހަ ކަމާއެކު ދެނެގަނެވި، ކަމާ ގުޅުން ހުރި އިދާރާތަކަށް ތަފާސްހިސާބުތަކުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 14 އޮކްޓޯބަރ 2025ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (މ. ސްޓަރ ކްލައުޑްސް ބިލްޑިންގ 5 ވަނަ ފަންގިފިލާ، މަޖީދީމަގު، މާލެ) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3309333 އަދި 3309331 ނަންބަރު ފޯނަށެވެ.

05 އޮކްޓޫބަރު 2025
ހޯދާ