އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 - ބްރޯޑްކާސްޓަރުން އަދި މީޑިއާގެ ފަރާތުން ވޯޓުލާނެ ފަރާތެއް ރަޖިސްޓަރީވުމަށް ހުށަހެޅުމުގެ ވަގުތު އިތުރުކުރުން

(IUL)38-DC/38/2025/184 :ުނަންބަރ

އިޢުލާން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025

ބްރޯޑްކާސްޓަރުން އަދި މީޑިއާގެ ފަރާތުން ވޯޓުލާނެ ފަރާތެއް ރަޖިސްޓަރީވުމަށް ހުށަހެޅުމުގެ ވަގުތު އިތުރުކުރުން

މިކޮމިޝަނުގެ ނަންބަރު (IUL)38-DC/38/2025/ 177 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން، 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާ ތަކުގެ ފަރާތުން، ވޯޓުދިނުމަށްޓަކައި އެ ފަރާތްތަކުން ކަނޑައަޅާ މީހަކު ރަޖިސްޓަރީކުރުމުގެ ފުރުޞަތު 2025 އޮކްޓޫބަރު 6 ވާ ހޯމަ ދުވަހުގެ ރޭގަނޑު 12:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3004473 މިނަންބަރަށް ގުޅުއްވުން އެދެމެވެ.

05 އޮކްޓޫބަރު 2025
ހޯދާ