ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ހުރި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާގުޅޭ

 

ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ހުރި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަމުގައި ވިއްކާލުމަށް 28 ސެޕްޓެންބަރު 2025 ގައި ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.  

 

ވީމާ ތިރީގައި ބަޔާކޮށްފައިވާ ގޮތަށް ނީލަމުގައި ބައިވެރިވުމަށް ވަޑައިގެންނެވުން އެދި ދެންނެވީމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހު ނީލަން ކުރިއަށް ދާނީ ތިރީގައި ބަޔާންކޮށްފައިވާ އުޞޫލުންނެވެ. ނީލަމުގައި ހިމެނޭތަކެތީގެ މަޢުލޫމާތާއި އިތުރު ތަފުޞީލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

ނީލަމުގައި ބައިވެރިވުމަށް  ރަޖިސްޓްރީ ކުރުން

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާނީ މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ 'ބާ ކައުންސިލުގެ ނީލަމުގައި ރަޖިސްޓްރީވާ ފޯމް' މެދުވެރިކޮށް، 7 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިންނެވެ.

ނީލަން ކިޔުން

8 އޮކްޓޫބަރު 2025 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގައި ދިވެހިރާއްޖޭގެ ބާ ކައުންސިލް (ހ. ޕެލްމެއިރާ، 6 ވަނަ ފަންގިފިލާ، ސޯސަންމަގު، މާލެ) ގައެވެ.

ނޯޓް: ނީލަމުގައި ބައިވެރިވެވޭނީ، ނީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. އަދި މި ނީލަމުގައި ބައިވެރިވުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދެމެވެ.

ނީލަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުން

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 9197439 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ނީލަން ކާމިޔާބުކުރާ ފަރާތް

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތުން ސަރުކާރު ބަންދުނޫން 1 ދުވަހުގެ ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ކައުންސިލުންދޭ ބޭންކް އެކައުންޓް ނަންބަރަށް ޖަމާކުރުމަށްފަހު ފައިސާ ޖަމާކުރި ސްލިޕް،[email protected]  އެޑްރެހަށް އީމެއިލްކުރަންވާނެއެވެ. އަދި ސަރުކާރު ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެތަކެތި ގެންދަން ވާނެއެވެ.

05 އޮކްޓޫބަރު 2025
ހޯދާ