ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ސްޓެންޑަޑް ސެޓިންގ ޕެނަލްއަށް ޤާނޫނީ ވަކީލުން ހޯދުން

2025 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ސްޓެންޑަޑް ސެޓިންގ ޕެނަލްގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ޤާނޫނީ ވަކީލުން މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ. 

 

މަޤާމު / މަސައްކަތް

ސްޓެންޑަޑް ސެޓިންގ ޕެނަލްގެ މެންބަރު

މެންބަރުން ބޭނުންވާ ޢަދަދު:

  • ސީނިއަރ ޤާނޫނީ ވަކީލުން (3)
  • މިޑް-ލެވެލް ޤާނޫނީ ވަކީލުން (3)
  • ޖޫނިއަރ ޤާނޫނީ ވަކީލުން/  ނިއުލީ ކޮލިފައިޑް ޤާނޫނީ ވަކީލުން (4)

މަސައްކަތަށް ހޭދަވާނެ ވަގުތު:

މި ޕެނަލްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 16 އިން 20 އަށެވެ. މި މަސައްކަތަށް ހޭދަވާނެކަމަށް ލަފާކުރެވެނީ ގިނަވަގެން 3 ދުވަހެވެ.

ސްޓެންޑަޑް ސެޓިންގ ޕެނަލްގެ މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކަކީ މި މަސައްކަތަށް ވަގުތު ދެއްވޭނޭ ފަރާތަކަށް ވާންވާނެއެވެ.

އަސާސީ ޝަރުތުތައް:

މި މަސައްކަތަކީ ޓެކްނިކަލް މަސައްކަތަކަށްވާތީ، ޕެނަލްއަށް ކުރިމަތިލައްވާ ފަރާތްތަކުގައި އަންނަނިވި އަސާސީ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  1. ބާ އިމްތިޙާނަކަށް ނުވަތަ ޕްރޮފެޝަނަލް ލައިސަންސިންގ އިމްތިޙާނަކަށް އައިޓަމް ތައްޔާރުކުރެވޭ ގޮތާއި، އިމްތިޙާނުގެ ޕާސިންގ ސްކޯރ ކަނޑައެޅޭ ގޮތުގެ އަސާސީ ޢިލްމު ނުވަތަ މަޢުލޫމާތު ލިބިފައިވާ ފަރާތެއް ކަމުގައިވުން؛
  2. ހިނގަމުންދާ އަހަރުގެ ނުވަތަ އޭގެ ކުރީ އަހަރުގެ ބާ އިމްތިޙާނަށް ތައްޔާރު ކުރެވިފައިވާ އިމްތިޙާނު އައިޓަމްތަކަށް އަހުލުވުރިވެފައިވާ ފަރާތެއް ކަމުގައިވުން؛
  3. ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވުން؛
  4. ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުން؛
  5. ދިވެހި ބަހާއި އިނގިރޭސިބަހަށް ފަރިތަ ފަރާތެއް ކަމުގައިވުން؛
  6. ސީނިއަރ ޤާނޫނީ ވަކީލެއްނަމަ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ޤާނޫނީ ވަކީލުކަން ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.
  7. މިޑް-ލެވެލް ޤާނޫނީ ވަކީލެއްނަމަ 5 އަހަރާ 10 އަހަރާ ދޭތެރޭގެ މުއްދަތެއްގެ ޤާނޫނީ ވަކީލުކަން ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވުން.
  8. ޖޫނިއަރ ޤާނޫނީ ވަކީލެއްނަމަ 2 އަހަރާ 5 އަހަރާ ދޭތެރޭގެ މުއްދަތެއްގެ ޤާނޫނީ ވަކީލުކަން ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވުން.
  9. ނިއުލީ ކޮލިފައިޑް ޤާނޫނީ ވަކީލެއްނަމަ، ޤާނޫނީ ވަކީލުކަން ކުރާތާ 2 އަހަރު ނުވާ ފަރާތެއްކަމުގައި ވުން.

މަސްއޫލިއްޔަތުތައް:

  • 2025 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ޕާސިންގ ސްކޯރ ކަނޑައެޅުމަށް އިމްތިޙާނު ޑިވެލޮޕްކުރާ ފަރާތުން ބާއްވާ ޓްރެއިނިންގ ފުރިހަމަކުރުން
  • 2025 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ޕާސިންގ ސްކޯރ ކަނޑައެޅުމަށް އިމްތިޙާނު ޑިވެލޮޕްކުރާ ފަރާތުން ކަނޑައަޅާފައިވާ މެތަޑް(ތައް) ބޭނުންކޮށްގެން ޕާސިންގ ސްކޯރ ކަނޑައެޅުމަށް ބޭނުންވާ މަސައްކަތްތައް ކުރުން
  • ޕެނަލްއަށް ބާ އިމްތިޙާނުގެ ސްޓެންޑަޑް ސެޓިންގއާ ގުޅިގެން ޙާވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން

މުސާރަ އާއި އެލަވަންސް:

މި ޕެނަލްގެ މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

ސްޓެންޑަޑް ސެޓިންގ ޕެނަލްގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަޕްލޯޑް ކުރެއްވުން އެދެމެވެ.

 

ގޫގްލް ފޯމް: https://forms.gle/BunH8tmSKAVhYsVU8

ސުންގަޑި:

2 ނޮވެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 15:00

 

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

05 އޮކްޓޫބަރު 2025
ހޯދާ