ދިވެހިރާއްޖެ
ނަންބަރ: (IUL)320-PRM/320/2025/124
އިޢުލާން
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކާމިޔާބީތައް ފާހަގަކުރުމާއި ގުޅޭ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރޭޑާއި ގުޅިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ކުދި އަދި މެދެފަންތީގެ ވިޔާފާރިތަކުގެ ކާމިޔާބީތައް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން އެވޯޑަށް ވާދަކުރުމުގެ ފުރުޞަތު ހުރިހާ ވިޔަފާރިވެރިންނަށް ވަނީ އެ ސެންޓަރުން ހުޅުވާލައިފައެވެ.
ވީމާ މި އެވޯޑްއަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު ހިމަނާފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި އެވޯޑާއި ގުޅޭ މަޢުލޫމާތު މި އިޢުލާނާއެކު ހީރަސްކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
13 ރަބީޢުލްއާޚިރް 1447