ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ނ. ކުޑަފަރީގައި މިހާރުވެސް ބޭނުންކުރަމުންދާ މަސްޖިދުލް ޢިބާދާތުގެ ބޭރުގެ ފާރުތައް ރޭނުން، ކުލަލުމުގެ އިތުރުން، ގޯތިތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ކޮށްދޭނޭ ބަޔަކު ހޯދާން 2025 ސެޕްޓެންބަރު 23 ވަނަ ދުވަހު ކޮށްފައިވަ މި އިދާރާގެ ނަންބަރު (I)288/2025/081 އިއުލާނުން މަސައްކަތަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ، މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދާން އަލުން އިއުލާން ކުރަމެވެ.
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ މިއަދުން ފެށިގެން 2025 އޮކްޓޫބަރު 7 ވާ އަންގާރަ ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ. އިއުލާނާއެކު މަސައްކަތާއި ގުޅޭ ތިރީގައިއެވާ ލިޔެކިއުން އެއްހީރާސްކުރެވިފައިވާނެއެވެ.
- ޑްރޯވިންގްސް ލިންކް: https://shorturl.at/dkarZ
- ޕުރެޒެންޓޭޝަން : https://shorturl.at/Fxtc8
- މައުލޫމާތު ކަރުދާސް: https://shorturl.at/t2hwW
- ރެޖިސްޓްރޭޝަން ލިންކް: https://shorturl.at/7gFXz
މި މަސައްކަތާގުޅޭ މަޢުލޫމާތު ބައްދަލުވުން ކުރިޔަށްދާނީ 2025 އޮކްޓޫބަރު 07 ވާ އަންގާރަ ދުވަހު މެންދުރު 13:00 ގައި މި އިދާރާގައެވެ. މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފު ކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 2025 އޮކްޓޫބަރު 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން އެ މައުލޫމާތެއް ސާފުކުރެއްވޭނެއެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2025 އޮކްޓޫބަރު 14 ވާ އަންގާރަ ދުވަހު މެންދުރު13:00ގައި މި އިދާރާ ގައެވެ. އެއްވެސް ބައްދަލުވުމެއް ބޭއްވުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިނަމަ އެ ބައްދަލުވުމެއް އޮންނާނީ ޖެހިގެން އެންމެ އަވަށް ހުޅުވޭ ރަސްމީ ދުވަހެއްގެ ދެންނެވިފައިވާ ގަޑީގައެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯ އަކާ އެކު ފޮނުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |