ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

މި ރަށު މަސްޖިދު މޫސާ ޢަލީގެ އުތުރުން، ޖޭމުގަސްދޮށުގޭ ހުޅަނގުން އޮތް (އުލިގަމު ކައުންސިލްގެ އިދާރާގެ އައު އޮފީސް އިމާރާތް އެޅުމަށް ހަމަޖެހިފައިވާ) ބިމުގައި ހުރި، ތިރީގައި މި ދަންނަވާ ރުއްގަހުގެ މިލްކުވެރިފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • 01 އިން 06 އަށް ރަތް ކުލައިން ނަންބަރު ޖަހާފައިވާ ރުއްގަސް

ވީމާ، މި ދެންނެވި ރުއްގަހުގެ ތެރޭގައި މި އިދާރާއިން ލިޔުމަކުން ހުއްދަ ލިބިގެން އެއްވެސް ފަރާތަކުން އިންދާފައިވާ އެ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ރުއްގަސް ވާނަމަ ނުވަތަ އެ ރުއްގަސްތަކުގެ މިލްކުވެރިކަން އެނގޭނެ ލިޔުމަކާއެކު އެކަން 2025 އޮކްޓޫބަރ 14 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

05 އޮކްޓޫބަރު 2025
ހޯދާ