ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން: |
ކޯޓް އޮފިސަރ (ވަގުތީ) |
މަޤާމުގެ މުއްދަތު: |
6 މަސްދުވަސް (ކޮންޓްރެކްޓް އުސޫލުން) |
ސެކްޝަން/ޑިޕާޓްމަންޓް: |
ޝަރީޢަތްކުރުމާބެހޭ ސެކްޝަން |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ޝަރުޠު: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ޘާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
ޝަރީޢަތް ކުރިއަށްދާ ވަގުތު ކޯޓުރޫމުގައި ކުރަންޖެހޭ މަސައްކަތް ކުރުން. |
އުޖޫރަ: |
މުސާރަ: -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) ސަރވިސްއެލަވަންސް: -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ) ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 ލިވިންގ އެލެވަންސް: -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) |
މުއްދަތު ހަމަވާ ތާރީޚު: |
2015 ނޮވެންބަރު 1 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން. |
ހުށަހަޅަންޖެހޭ ތަކެތި: |
1. ވަޒީފާއަށް އެދޭ ފޯމް. 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. 4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. 5. މޯލްޑިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް. ކިއު. އޭ) އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން. 6. ކުރިން ވަޒީފާއެއްގައި އުޅެފައިވާކަމުގެ ލިޔުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރި މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮތުން. |
ނޯޓް: |
- ވަޒީފާއަށްއެދޭ ފޯމް ރަސްމީ ގަޑީގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. - އިތުރު މައުލޫމާތު ހޯދުމަށް 3351535 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
7 މުޙައްރަމް 1437