ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ނަންބަރު (MSG)288-TS/288/2025/59 މެސެޖާއި ހަވާލާދީ ދަންނަވަމެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހިންގަމުންގެންދަވާ އޮއިވާލި ކަނދުފަތި ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ނޫނު އަތޮޅު މާފަރުގެ އިރުން ޤާއިމްކޮށްފައިވާ ކަނދުފަތީގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ކަނދުފަތީގެ މަޢުލޫމާތު |
|
ޤާއިމްކުރި ސަރަޙައްދު |
ނ. މާފަރުގެ އިރުން 9.5 މޭލުބޭރުން |
ކަނދުފަތީގެ ނަންބަރު |
E10D01-03 |
ޤާއިމްކުރި ތާޜީޙު |
30 ސެޕްޓެންބަރު 2025 |
ޕޮޒިޝަން |
5 ދަރަޖަ 49.800 މިނިޓް، އުތުރު އަރުޟު (5°49.800’N) 73 ދަރަޖަ 38.800 މިނިޓް، އިރު ތޫލު (73°38.800’E) |
އެނގިވަޑައިގަންނަވާނޭ ފަދައިން ދޮށީގެ މަސްވެރިކަމަށް އަމާޒްކޮށް ޤާއިމްކުރާ ކަނދުފަތިތަކަކީ ދަޢުލަތުގެ ބޮޑު ހޭދައެއްކޮށް، ބުރަ މަސައްކަތްތަކަކަށް ފަހު ޤާއިމްކޮށްފައިވާ ކަނދުފަތި ތަކެއްކަމުގައި ދަންނަވަމެވެ. މި ކަނދުފަތި ތަކާއިމެދު ސަމާލުވެ، ކަނދުފައްޗަށް ގެއްލުމެއް ނުދިނުމަށް އިލްތިމާސްކުރަމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.