ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ބޭނުންވާ ބޭނުންވާ މެޑިކަލް އެކުއިޕްމެންޓް، ޓޫލްސް އަދި ކޮންސިއުމަބަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މޯލްޑިވްސް ބްލަޑް ސާވިސަސްއަށް ބޭނުންވާ މެޑިކަލް އެކުއިޕްމެންޓް، އިންސްޓްރުމެންޓްސް އަދި ކޮންސިއުމަބަލްސް ސަޕްލައިކޮށް އިންސްޓޯލް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2025 އޮކްޓޫބަރު 9ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ބިޑް ރެޖިސްޓްރޭޝަން ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓާވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ރެޖިސްޓާވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް:

https://forms.gle/Wdf3LcQUbpDJCWSP7

އަންދާސީ
ހިސާބު ހުށަހެޅުން:

2025 އޮކްޓޫބަރު 16ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލްގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2025 އޮކްޓޫބަރު 9ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350113 / 3350152

އީ-މެއިލް: [email protected]

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

02 އޮކްޓޫބަރު 2025
ހޯދާ