ދިވެހިރާއްޖެ
އިޢުލާން
ހއ.އަތޮޅު ހޮސްޕިޓަލްގެ ސީ.ޓީ ރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)23-PD(PMS)/23/2025/295 (07 ސެޕްޓެމްބަރ 2025) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ އަންދާސީ ހިސާބުގެ ޝަރުތު ފުރިހަމަ ނުވާތީ މިއިޢުލާން ބާތިލްކޮށް މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 02 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 އޮކްޓޯބަރ 2025 ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުގެ މެންދުރުފަސް 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 16 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހު މެންދުރުފަސް 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
10 ރަބީޢުލްއައްވަލް 1447ހ.