ދިވެހިރާއްޖެ
އިޢުލާން
ޕްރީ ސްކޫލް ޓީޗަރަކު ހޯދުން:
މަޤާމް: ޕްރީސްކޫލް ޓީޗަރ
ބޭނުންވާ އަދަދު: 2 (ދޭއް)
ވަޒީފާ އޮތް އޮފީސް: ލ. އަތޮޅު މަދަރުސާ
ގިންތި: ކޮންޓްރެކްޓް (1 އަހަރު ދުވަހު ދުވަސް)
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ކިޔަވައިދިނުމުގެ ދާއިރާ / ލ. އަތޮޅު މަދަރުސާ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
އެލް. ކޭ. ޖީ. އާއި، ޔޫ. ކޭ. ޖީ. ގެ ކްލާސްތަކުގެ ދަރިވަރުންނަށް، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠު:
މަޤާމް |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ޓްރެއިންޑް ޓީޗަރ |
GS4 |
ޓީޗިންގ ސަރވިސް އޮފިސަރ 1 |
ޕްރީސްކޫލް ޓީޗިންގގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
-/5020 |
MS1 |
ޓީޗިންގ ސަރވިސް އޮފިސަރ 2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
-/5610 |
|
ގްރެޖުއޭޓް ޓީޗަރ |
MS2 |
ޓީޗިންގ ސަރވިސް އޮފިސަރ 3 |
ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
-/6295 |
ކޮލިފައިޑް ޓީޗަރ |
MS3 |
ޓީޗިންގ ސަރވިސް އޮފިސަރ 4 |
- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން. |
-/7035 |
ކޮލިފައިޑް ޓީޗަރ |
MS4 |
ޓީޗިންގ ސަރވިސް އޮފިސަރ 5 |
- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ އިތުރު ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ކިޔަވައި ދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، (ލެވެލް 7 ގެ ސަނަދެއްނެތި)، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،؛ - ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެފައިވުން. |
-/7875 |
ކޮލިފައިޑް ޓީޗަރ |
EX1 |
ޓީޗިންގ ސަރވިސް އޮފިސަރ 6 |
- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާޢްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ކިޔަވައިދޭ މާއްދާއަށް ޚާޢްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާޢްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/8.835 |
ކޮލިފައިޑް ޓީޗަރ |
EX2 |
ޓީޗިންގ ސަރވިސް އޮފިސަރ 7 |
- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. - ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/9890 |
ސީނިއަރ ޓީޗަރ |
EX3 |
ޓީޗިންގ ސަރވިސް އޮފިސަރ 8 |
ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/11,065 |
ސީނިއަރ ޓިޗަރ |
EX4 |
ޓީޗިންގ ސަރވިސް އޮފިސަރ 9 |
ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/12,400 |
ސީނިއަރ ޓިޗަރ |
EX5 |
ޓީޗިންގ ސަރވިސް އޮފިސަރ 10 |
ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/13890 |
ސީނިއަރ ޓިޗަރ |
EX6 |
ޓީޗިންގ ސަރވިސް އޮފިސަރ 11 |
ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/15,560 |
- ކިޔަވައިދިނުމުގެ ދާއިރާކަމަށް ބެލެވޭނީ، ޕްރީސްކޫލް ޓީޗިންގ ހަދާފައިވާ ފަރާތްތަކެވެ.
- މަތީގައިވާ ޝަރުޠުތައް ހަމަވާ ޓީޗަރުން ނުލިބިއްޖެނަމަ، އިދާރީ މަޤާމުތަކުގެ އޮނިގަނޑުގެ ވަޒިފާއަށް މީހުން ޢައްޔަންކުރުމުގައި، ޖީ. އެސް. 3 ނުވަތަ ޖީ. އެސް. 4 ގެ ޝަރުޠު ހަމަވާ ފަރާތްތައް ގުނޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ފާއިތުވި އަހަރުތަކުގައި ޕްރީސްކޫލް ޓީޗަރެއްގެގޮތުގައި އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.
އިންޓަރވިއު ކުރުން:
ހ. އިންޓަވިއު އޮންނާނީ، 2015 ނޮވެންބަރު 1 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ލ. އަތޮޅު މަދަރުސާގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގަައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ލ. އަތޮޅު މަދަރުސާއަށެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮކްޓޫބަރު 29 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިއެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 7980786 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
6 މުޙައްރަމް 1437