މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ، ތިރީގައިމިވާ މަޤާމުގައި ޚިދުމަތްކުރުމަށް، ހުނަރުވެރި، ޤާބިލް، އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށްދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ޔުނިޓް:

ޕަބްލިކް ޑެޓް ޔުނިޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އިކޮނޮމިކްސް ނުވަތަ ފައިނޭންސްއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  • މާލީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ސެކުއިރިޓީސް އިޝޫކުރުމާ ގުޅޭ އެންމެހައި މަސައްކަތްތައް.

 

ހުނަރުވެރިކަން: 

  • މަޢުލޫމާތު އެއްކުރުމާއި، ދިރާސާކުރުމާއި، ރިޕޯޓް ލިޔުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލްކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • އަމިއްލަ އިސްނެގުމާއެކު، މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • 'މައިކްރޯސޮފްޓް އޮފީސް' އަށް އަހުލުވެރިވެފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކުރުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  • ވަޒިފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި:

2015 އޮކްޓޫބަރު 29 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.

އިންޓަވިއު:

މި ވަޒީފާއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް، ސުންގަޑި ހަމަވާ ދުވަހުން ފެށިގެން، 5 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ނޯޓް:

ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން ލިބެން ހުންނާއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

7 މުޙައްރަމް 1437

20 އޮކްޓޫބަރު 2015
ހޯދާ