ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް ހިންގުމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ޢިމާރާތެއް ކުއްޔަށް ހިފުމާގުޅޭ
އިޢުލާން
ކޯޓް ހިންގާނެ ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ
ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް ހިންގުމަށް އިމާރާތެއް ކުއްޔަށްދޭނެ ފަރާތެށް ހޯދުމަށް އިޢުލާން ކުރީމެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 އޮކްޓޫބަރު 02 އިން ފެށިގެން 2025 އޮކްޓޫބަރު 07 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިކޯޓަށް ވަޑައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީކުރާ ފޯމް މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޮކްޓޫބަރު 08 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ބީލަމާއި، ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 އޮކްޓޫބަރު 12 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 އޮކްޓޫބަރު 16 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓް
ގދ.ހޯނޑެއްދޫ
ފޯނު: 6840157
އީ-މެއިލް: [email protected]
ރަޖިސްޓްރީ ފޯމާއި އަދި އަންދާސީ ހިސާބު ހުށަހަޅާފޯމް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މިކޯޓުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
02 އޮކްޓޫބަރު 2025
ހޯދާ
