ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބ. އަތޮޅު ހޮސްޕިޓަލުގެ ޖެނެރަލް ވޯޑްގެ ފާޚާނާ އަދި ލޯންޑްރީ މަރާމާތުކުރުން (ފާރުތަޅާ މުށިޖެހުމަށް ބޭނުންވާ) ކޯޓޭޝަން ހުށައެޅުމަށް ހުޅުވާލުން.

ބ.އަތޮޅު ހޮސްޕިޓަލުގެ ޖެނެރަލް ވޯޑްގެ ފާޚާނާ އަދި ލޯންޑްރީ މަރާމާތު ކުރުމަށް ބޭނުންވާތީ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް އެދި ކޯޓޭޝަން ހުށައަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެންމެ ކޯޓޭޝަނެކެވެ. ގަޑި ޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލްވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަސައްކަތުގެ އަގު ހުށައަޅާއިރު މަސައްކަތުގެ މުއްދަތާއިއެކު ހުށައެޅުމަށްވެސް ދެންނެވީމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 06 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހުގެ 10:00 އަށް ބ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގ ރޫމަށް ވަޑައިގެން މަސައްކަތުގެ ( ކޯޓޭޝަން ) ހުށައެޅުއްވުން އެދެމެވެ.

މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7914942 / 9559102 އަށް ގުޅުއްވުން އެދެމެވެ.

02 އޮކްޓޫބަރު 2025
ހޯދާ