ދިވެހިރާއްޖެ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ނަންބަރ: 492-MB/CIR/2025/8 ސަރކިއުލަރއާއި ގުޅިގެން މުޖުތަމަޢުގެ ބައިވެރިވުމާއި ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތުގެ ތެރެއިން 16 އޮކްޓޯބަރ 2025 ވަނަ ދުވަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ ދުވަހާއި، ގުޅިގެން ކާބޯތަކެތީގެ ދުވަހަށް FAO އިން ކަނޑައަޅުއްވާފައިވާ ޝިޢާރު (Hand in hand for Better Foods and a Better Future - ރަނގަޅު ކާނާ އާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލަމާ) ގެ ދަށުން މިރަށުގައި އަމިއްލަ އުފެއްދުންތެރިކަމުން އުފައްދާ ކާބޯތަކެތީގެ މައުރަޒެއް މިއިދާރާއާއި، ގއ. ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިމައުރަޒުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 07 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ ކުރިން މިއިދާރާގައި ރަޖިސްޓްރީ ކޮށްދެއްވުން އެދެމެވެ.
- ރަޖިސްޓްރީ ކުރުމުގެ މުއްދަތު: މިއަދުން ފެށިގެން 07 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް
- ރަޖިސްޓްރީ ކުރެއްވުމަށް ގުޅުއްވާނީ 6820027 ، )ރަސްމީ ގަޑީގައި ހެނދުނު 09:00 އިން މެންދުރުފަހު 2:00 އަށް) ނުވަތަ ކައުންސިލްގެ އީމެއިލް ( އީމެއިލް އެޑްރެސް: [email protected] ) މެދުވެރިކޮށްވެސް ރަޖިސްޓްރީކުރެވިދާނެއެވެ.
