ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑް 2025 އަށް ފޯމު ހުށައެޅުމުގެ ސުންގަޑި އިތުރުކުރުން

ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހާސިލުކުރަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ގުޅިގެން މި ކޯޕަރޭޝަނުން ދިނުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، މި ކޯޕަރޭޝަނުން 3 ސެޕްޓެންބަރު 2025 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފައިވާ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

މި ގޮތުން، ފޯމު ހުށަހެޅުމުގެ ސުންގަޑި 9 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 އަށް އިތުރުކޮށްފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން ދެންނެވުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. 

02 އޮކްޓޫބަރު 2025
ހޯދާ