ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އޮފީހުގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ބޭނުންވެއްޖެއެވެ.
1. މަޤާމް: މެނޭޖަރ، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: 18,000.00 ރުފިޔާ
އެލަވަންސް: ނޮން ޕްރެކްޓިސް އެލަވަންސްގެގޮތުގައި މަހަކު ގިނަވެގެން 4,500.00 ރުފިޔާ، މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ދެވޭނެއެވެ.
2. މަޤާމް: ސޮފްޓްވެއަރ ޑިވެލޮޕަރ
ބޭނުންވާ އަދަދު: 2 (ދޭއް)
މުސާރަ: 14,000.00 ރުފިޔާ
އެލަވަންސް: ނޮން ޕްރެކްޓިސް އެލަވަންސްގެގޮތުގައި މަހަކު ގިނަވެގެން 3,500 ރުފިޔާއާއި، މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެގޮތުގައި -/50 ރުފިޔާއާއި، އިތުރުގަޑީގެ ފައިސާ، މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ދެވޭނެއެވެ.
3. މަޤާމް: ޑޭޓާބޭސް އެޑްމިނިސްޓްރޭޓަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: 14,000.00 ރުފިޔާ
އެލަވަންސް: ނޮންޕްރެކްޓިސް އެލަވަންސްގެގޮތުގައި މަހަކު ގިނަވެގެން 3,500.00 ރުފިޔާއާއި، މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެގޮތުގައި -/50 ރުފިޔާއާއި، އިތުރުގަޑީގެ ފައިސާ، މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ދެވޭނެއެވެ.
ސުންގަޑި:
މި މަޤާމްތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި، މި މަޤާމުގެ ވަޒީފާ ބަޔާން، މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މި މަޤާމްތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދެންނެވޭނީ ޝޯޓްލިސް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3309908 (އެކްސްޓެންޝަން: 134، 335)
ފެކްސް: 3307759
އީމެއިލް: [email protected]
9 މުޙައްރަމް 1437