ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަނބު ޕްރޮސެސްކުރުމާގުޅޭ

ޗައިނާ ސަރުކާރުގެ އެހީ ލިބިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހިންގުމަށް ހަމަޖެހިފައިވާ ''ވެލިއު އެޑިޝަން އެންޑް އެގްރިކަލްޗަރ ރިސަރޗް އިން ދަ މޯލްޑިވްސް'' މަޝްރޫޢުގެ ''ވެލިއު އެޑިޝަން އޮފް އެގްރިކަލްޗަރ ޕްރޮޑިއުސް'' ކޮމްޕޯނަންޓްގެ ދަށުން ރާއްޖޭގައި ހައްދާ އަނބު ޕްރޮސެސްކޮށް އަނބުން ތަފާތު ވެލިއު އެޑެޑް ޕްރޮޑަކްޓް އުފެއްދުމުގެ މަޝްރޫޢެއް ޏ.ފުވައްމުލަކުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢު ހިންގުމަށްޓަކައި މިކަމަށް ޝައުޤުވެރިވެލައްވާ ޏ.ފުވައްމުލަކު މިސްކިތްމަގުގެ އަމިއްލަ ފަރާތްތަކާއި، ޖަމްޢިއްޔާ، ކޯޕަރޭޓިވްސް އަދި ކުންފުނިތަކަށް ކުރިމަތިލުމަށް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޏ.ފުވައްމުލަކު މިސްކިތްމަގުގެ އަމިއްލަ ފަރާތްތަކާއި، ޖަމްޢިއްޔާ، ކޯޕަރޭޓިވްސް އަދި ކުންފުނިތަކުން،  25 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ޕްރިންޓް ނުވަތަ ސޮޕްޓްކޮޕީން ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ވެލާނާގެ، އަމީރު އަޙުމަދުމަގު، 7 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ.

ފޯން: 3322625 (960) ފެކްސް 3326558 (960)

އީމެއިލް: [email protected]

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ޓެލެފޯން ނަންބަރު 6860505 އަށް ގުޅުއްވުން އެދެމެވެ.

05 މުޙައްރަމް 1437

18 އޮކްޓޫބަރު 2015
ހޯދާ