ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ އަންނަނިވި ދާއިމީ ސަބް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަޤާމުގެ ޝަރުތުތަކާއި މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

މަޤާމް:

 ދާއިމީ ސަބް ކޮމިޓީގެ މެންބަރު

މެންބަރުން ބޭނުންވާ ކޮމިޓީ އަދި ބޭނުންވާ ޢަދަދު:

 އެތިކްސް ކޮމިޓީ (ބޭނުންވާ ޢަދަދު: 1)

އަސާސީ ޝަރުތުތައް:

 

  1. ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ މީހެއް ކަމުގައި ވުން؛
  2. ޤާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ އަދި
  3. ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާޙަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް، ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

އެތިކްސް ކޮމިޓީގެ މަސްއޫލިއްޔަތުތައް:

  1. ޤާނޫނީ ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ސުލޫކީ މިންގަނޑު ބަޔާންކުރާ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސަތުތައް އެކަށައެޅުމަށްޓަކައި އެކަމުގެ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  2. ޤާނޫނީ ވަކީލުންގެ ޚިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތައް ހަރުދަނާ ކުރުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން؛
  3. ޤާނޫނީ ވަކީލުންގެ ޚިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ މައްސަލަތައް ބަލައި، އެ ފަރާތްތަކާމެދު އަޅަންވީ ފިޔަވަޅުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  4. އެތިކްސް ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

ކޮމިޓީގެ މެންބަރުކަމަށް އެދި ސިޓީއަކުން ހުށަހަޅުއްވާނަމަ އަންނަނިވި ލިޔެކިޔުންތައް ބާ ކައުންސިލުގެ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.

  1. ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަހަޅާ ސިޓީ (ކުރިމަތިލާ ކޮމިޓީ ވަކިން އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ)؛
  2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު؛
  3. ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ؛
  4. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ؛ އަދި
  5. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ދޫކުރާ ކުށާއި ދަރަނީގެ ރިކޯޑު.

ކޮމިޓީގެ މެންބަރުކަމަށް އެދި އޮންލައިންކޮށް ހުށަހެޅުއްވުމަށް ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއާއި ކުށުގެ ރިކޯޑު އަޕްލޯޑް ކުރެއްވުން އެދެމެވެ.

ގޫގްލް ފޯމް އެޕްލިކޭޝަން: Application Form

ސުންގަޑި

މި އިޢުލާނުގައިވާ މަޤާމަށް ޝައުގުވެރިވާ ފާރާތްތަކުން 12 އޮކްޓޫބަރު 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

01 އޮކްޓޫބަރު 2025
ހޯދާ