މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ދަނޑުވެރިޔާ ޕޯޓަލްގެ ކްރޮޕް ޕްލޭނަރއަށް ކޮންޓެންޓް ލިޔުމަށް ކޮންސަލްޓެންޓެއް ހޯދުން

މި މިނިސްޓްރީގެ ދަށުން ހަދާ ދަނޑުވެރިޔާ ޕޯޓަލްގެ ކްރޮޕް ޕްލޭނަރއަށް ކޮންޓެންޓް ލިޔުމަށް ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 07 އޮކްޓޯބަރ 2025ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (މ. ސްޓަރ ކްލައުޑްސް ބިލްޑިންގ 5 ވަނަ ފަންގިފިލާ، މަޖީދީމަގު) ވަޑައިގެންދެއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3309331 އަދި 3309333 ނަންބަރު ފޯނަށެވެ.

01 އޮކްޓޫބަރު 2025
ހޯދާ