ދިވެހިރާއްޖެ
ރ. ދުވާފަރު ކައުންސިލް އިދާރާގެ ފުޓްސަލް ދަނޑުގެ އާންމު އުސޫލުގެ 3 ވަނަ މާއްދާގައިވާ ގޮތަށް ކޮންމެ އަހަރަކު އެއްފަހަރު ފުޓްސަލް ދަނޑުގައި ކުޅޭ ޓީމްތައް ރަޖިސްޓްރީކުރަންޖެހެއެވެ. އެގޮތުން އެއުސޫލުގައިވާ ގޮތަށް އާންމު ޓީމްތައް ރަޖިސްޓްރީ ކުރެވޭނީ ޓީމެއްގައި 20 ކުޅުންތެރިންނެވެ. މިއުސޫލުގެ މިމާއްދާގެ ދަށުން ދުވާފަރުގެ އަންހެނުންނަށް ފުޓްސަލް ކުޅުމަށްޓަކައި، އަންހެން ފުޓްސަލް ޓީމުތައްވެސް ރަޖިސްޓްރީކުރެވޭނެއެވެ.
މިއުސޫލުގެ 4.7، މިމާއްދާގައިވާގޮތަށް ރ. ދުވާފަރުގެ މުޢައްސަސާތައް ފުޓްސަލް ދަނޑުގައި ކުޅެވޭނީ ފުޓްސަލް ދަނޑުގައި ރަޖިސްޓްރީ ކޮށްގެންނެވެ. އެގޮތުން މުޢައްސަސާއަކުން ޓީމެއް ރަޖިސްޓްރީކުރާނަމަ މަދުވެގެން 7 ކުޅުންތެރިން ހިމަނަންވާނެއެވެ. މިގޮތަށް 7 ކުޅުންތެރިން ހަމަނުވާނަމަ އެމުޢައްސަސާއަކުން ޓީމެއް ރަޖިސްޓްރީކުރެވޭނީ އެހެން މުއައްސަސާއަކާއި އެކު ގުޅިގެން 7 ކުޅުންތެރިން ހަމަކުރުމުންނެވެ.
މިއުސޫލުގެ 4.8، މިމާއްދާގައިވާގޮތަށް ރ. ދުވާފަރުގެ އޮޑިދޯނިފަހަރުތައްވެސް ފުޓްސަލް ދަނޑުގައި ކުޅެވޭނީ ފުޓްސަލް ދަނޑުގައި ރަޖިސްޓްރީ ކޮށްގެންނެވެ. އެގޮތުން ދޯންޏެއްގެ ނަމުގައި ޓީމެއް ރަޖިސްތްރީކުރާނަމަ މަދުވެގެން 12 ކުޅުންތެރިން ހިމަނަންވާނެއެވެ. މިގޮތަށް 12 ކުޅުންތެރިން ހަމަނުވާނަމަ އެޓީމެއް ރަޖިސްޓްރީ ކުރެވޭނީ އެހެން ދޯންޏަކާއިއެކު ގުޅިގެން 12 ކުޅުންތެރިން ހަމަކުރުމުންނެވެ.
މި އުސޫލުގެ 4.2، މިމާއްދާގައިވާ އެއްވެސް ފީއެއް ޓީމްތައް ރަޖިސްޓްރީކުރަން ދައްކާކަށް ނުޖެހޭނެއެވެ.
އެއްޓީމަށްވުރެ ގިނަ ޓީމްގައި ކުޅުންތެރިއެއްގެ ނަން ތަކުރާރުވެފައިވާނަމަ އެޓީމް ލިސްޓް ބާޠިލްކުރެވޭނެއެވެ. އަދި ބާޠިލްކުރެވޭ ފޯރމްތައް އިސްލާޙްކޮށް އަލުން ހުށަހެޅުމަށްޓަކައި 24 ގަޑިއިރުގެ ފުރުސަތެއް ދެވޭނެއެވެ.
ފުޓްސަލް ދަނޑުގައި ކުޅޭ ޓީމްތައް ރަޖިސްޓްރީވުމަށް އެދޭ ފޯމް" ލިބެން ހުންނާނީ :
- ގެޒެޓް
- ދުވާފަރު ކައުންސިލް އިދާރާއިން
ފޯރމް ހުށަހަޅަން ޖެހޭ ފަހު ތާރީޚާއި ގަޑި :
02 އޮކްޓޯބަރ 2025 އިން 09 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ނިޔަލަށް (ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު)
މިއިޢުލާނާއިއެކު ފުޓްސަލް ދަނޑުގެ އުސޫލް "މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ފުޓްސަލް ދަނޑާއި ބެހޭ ޢާންމު ޢުޞޫލު" ޢާންމު ކުރީމެވެ.