ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ޗެމްޕިއަންޝިޕް 2025 ގައި ބައިވެރިވާ "ޓީމް ކުޅުދުއްފުށި" އަށް ކޯޗެއް ހޯދުން

2025 ނޮވެމްބަރ މަހު 1 ގައި ފެށުމަށް ހަމަޖެހިފައިވާ އަތޮޅު ޗެމްޕިއަންޝިޕް 2025 ގައި ބައިވެރިވާ "ޓީމް ކުޅުދުއްފުށި" އަށް ކޯޗެއްހޯދުމަށް ބޭނުންވެއެވެ.

 

މަސައްކަތުގެ މުއްދަތު:

10 އޮކްޓޯބަރ އިން ފެށިގެން މުބާރާތް ނިމެންދެން

މުސާރަ

-/35000 ރުފިޔާ

އެހެނިހެން އިނާޔަތް

ކުޅުދުއްފުށީގައި ހުރުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެ

ފުޑް އެލަވަންސް: ދުވާލަކަށް -/200 ރުފިޔާ

މަސްއޫލިއްޔަތުތައް:

ޓީމްގެ ކޯޗެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ އެންމެހާ ޒިންމާތައް

އަސާސީ ޝަރުޠުތައް:

  • AFC ކޯޗިންގ ސެޓްފިކެޓް ލެވެލް “A” ހާސިލްކޮށްފައިވުން
  • ކޯޗުކަން ކުރުމުގައި 8 އަހަރުގެ ތަޖުރިބާ ލިބިފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • ހާސިލްކޮށްފައިވާ ގުޅުންހުރި ސެޓުފިކެޓުތަކުގެ ކޮޕީ

އެދެންވީގޮތާއި ސުންގަޑި

ކޯޗަކަށް ވުމަށް އެދި ހުށަހަޅާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް 06 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

         ލިންކު: https://forms.gle/eAevJrCvK79qVAWM9

އިތުރު މަޢުލޫމާތު:

ކޯޗެއްގެ ގޮތުގައި ހޮވޭނީ ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތިން މާރކްސް ހޯދާ ފަރާތެކެވެ.

 

އިތުރު މަޢުލޫމާތު، މިއިޢުލާނާއެކު ގެޒެޓްކޮށްފައިވާ "ޓީމް ކުޅުދުއްފުށި އަށް ކޯޗެއް ހަމަޖެއްސުމުގައި އަމަލުކުރާނޭ ގޮތުގެ އުސޫލު" އިން ލިބިލައްވާނެއެވެ.

 

01 އޮކްޓޫބަރު 2025
ހޯދާ