މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރާ ކައުންސިލްގެ ލޯގޯ އަދި ބްރޭންޑިންގ ކިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

އިޢްލާން

ހުރާ ކައުންސިލްގެ ލޯގޯ އަދި ބްރޭންޑިންގ ކިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

             ހުރާ ކައުންސިލްގެ ލޯގޯ އަދި ބްރޭންޑިންގ ކިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް  ކުރިން ކުރެވުނު އިއުލާން ((IUL)334/334/2025/85ގެ މައުލޫމާތު ޝީޓަށް ބަދަލުގެނައުމަށްފަހު އަލުން އިއުލާން ކުރަމެވެ. އެހެންކަމުން ކުރިންކުރެވުނު އިއުލާން ބާތިލްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލުގެ ލޯގޯ އަދި ބްރޭންޑިން ކިޓް ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމަވެ. ހުށަހެޅޭ ލޯގޯ އަދި ބްރޭންޑިންގ ކިޓްތަކުގެ ތެރެއިން 1 ވަނައަށް ހޮވޭ ފަރާތަކަށް -/20000 (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

             ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ލޯގޯ އަދި ބުރޭންޑިންގ ކިޓްތަކުގެ ސޮފްޓް ފައިލް، ޕީޑީއެފް ފައިލް އަދި ޕްރިންޓް ކޮއްފައިވާ ޑޮކިއުމެންޓްތަކާއެކު، 19 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުގެ 12:00ށް ހުރާ ކައުންސިލްގެ ރަންކަކުނި މާލަމަށް ދުރުވުންއެދެމެވެ. ހުރާ ކައުންސިލްގެ ރަސްމީ ލޯގޯ އަދި ބްރޭންޑިންގ ކިޓް ފަރުމާކޮށްދޭނެގޮތުގެ މައުލޫމާތު ޝީޓް މިއިއުލާނާއިއެކު ހިމަނާލެވިފައި ވާނެއެވެ.

             އިތުރު މަޢުލޫމާތު ހޯދެއްވުމަށް އިދާރާގެ ނަންބަރ 6640074 ނުވަތަ 9760505 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 އޮކްޓޫބަރު 2025
ހޯދާ