މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ މަގުތަކުން ހަތަރުފުރޮޅުލީ ވެހިކަލް ޕާކިންއަށް ކުއްޔަށްދޫކޮށްފައިވާ ސަރަހައްދުތަކާ ގުޅޭ

މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންގއަށް ދޫކޮށްފައިވާ ސަރަޙައްދުތައް ކުއްޔަށް ދިނުމަކީ ޤާނޫނީގޮތުން ކުރެވޭނެކަމެއްނޫންކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާކަމަށް ބުނެ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މާލެ ސިޓީ ކައުންސިލަށް އެންގުމާގުޅިގެން، މާލޭގެ މަގުތަކަށް ދިމާވެފައިވާ ހާސްކަން ފިލުވުމަށް އަޅާ މުހިންމު ފިޔަވަޅެއްގެގޮތުން، 01 އޮކްޓޫބަރު 2025 ވަނަ ދުވަހުން ފެށިގެން، މާލޭގެ މަގުތަކުގައި، ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން، ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި، މަގުމަތީގައި، ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެތަނެއްގައި، ކޮންމެ އާންމު ރައްޔިތަކަށްވެސް ޕާރކް ކުރެވޭނެކަމުގައި ދެންނެވީމެވެ. 

             ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.          

01 އޮކްޓޫބަރު 2025
ހޯދާ