ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުނިކަހައި ފޮޅައި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

ދ.އަތޮޅު ހޮސްޕިޓަލް ކުނިކަހައި ފޮޅައި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ

01 ނޮވެންބަރު 2015 ން ފެށިގެން މި ހޮސްޕިޓަލް ފޮޅައި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އެދި 20 އޮގަސްޓު 2015 ގައި ކުރެވުނު ނަންބަރު DHAH/2015/18 އިޢުލާން ބާޠިލުކޮށް، 01 ޖަނަވަރީ 2016 ން ފެށިގެން މި ހޮސްޕިޓަލް ކުނިކަހައި ފޮޅައި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އެދި އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަސައްކަތުގެ ބީލަން ފޯމު 28 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ބައްލަވައިގަތުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން ބީލަން ފޯމު ބައްލަވައިގަންނަވާ ފަރާތްތަކުން 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ދ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ދ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާބެހޭ ބީލަން ފޯމު 26 އޮކްޓޫބަރު 2015 ވަނަ ދުވަހުން 28 އޮކްޓޫބަރު 2015 އަށް މި ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ -/150 ރުފިޔާއެވެ.

ބީލަން ފޯމު ބައްލަވައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގެނެވޭނެ ވާހަކަ ދަންނަވަމެވެ.

09 މުޙައްރަމް 1437

22 އޮކްޓޫބަރު 2015
ހޯދާ