ދިވެހިރާއްޖެ
ހދ.ކުމުންދޫ ސެންޓަރަލް ޕާކް ގާއިމުކުރާ ސަރަހައްދުގެ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)267-CA/267/2025/67) އިޢުލާނާއި ގުޅޭގޮތުން ހުށަހަޅާފައިވާ ބީލަންތަކުގައިވާ އަގަކީ މަސައްކަތައް އެކަށޭނަ އަގަކަށްވުރެ ބޮޑުއަގެއް ކަމުގައި ފެންނާތީ މި އިޢުލާނާއި ބީލަންތައް ބާޠިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 8 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ލިންކް: https://forms.office.com/r/KKuhLssP6C?origin=lprLink
ތަފްސީލް |
ތާރީޚް |
ގަޑި |
ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި އީމެއިލް: [email protected] |
8 އޮކްޓޯބަރ 2025 (ބުދަ) |
10:00 |
ރަޖިސްޓަރ ވުމުގެ ސުން ގަޑި |
8 އޮކްޓޯބަރ 2025 (ބުދަ) |
10:00 |
ޕްރީ ބިޑް ބައްދަލުވުން |
8 އޮކްޓޯބަރ 2025 (ބުދަ) |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
12 އޮކްޓޯބަރ 2025 (އާދިއްތަ) |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި އަދި އިޢުލާނު ކުރެވިފައިވާ މަސައްކަތާއި ގުޅޭ ވިޔަފާރީގެ ހަރަކާތްތައް ރަޖިސްޓްރީ ކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.