ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ޕަވަރހައުސް

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

މާލެ ޕަވަރހައުސް

މަޤާމް:

ސީނިއަރ ސްޕަވައިޒަރ

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/9,500ރ އާއި -/17,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އިންޖިނިއަރިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  •  އިންޖިނިއަރިންގ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު، މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މެކޭނިކަލް/އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޕަވަރޕްލާންޓް އަދި ޕަވަރޕްލާންޓާއި ގުޅުންހުރި ހުރިހާ ތަކެއްޗެއް ވެރިންގެ މަޝްވަރާގެ މަތިން މަރާމާތުކޮށް ބެލެހެއްޓުން.
  • ކަޑައެޅިފައިވާ ދަންފަޅިތަކުގައި ޕަވަރޕްލާންޓްގެ ޑިއުޓީކުރުމުގައި އިސްވެ ހަރަކާތްތެރިވުން. އަދި ހުރިހާ އިކުއިޕްމަންޓާއި ޕަވަރޕްލާންޓާއި ގުޅުންހުރި ހުރިހާ ޢިމާރާތް ބެލެހެއްޓުމާއި އާދަޔާއި ޚިލާފުކަމެއް މެދުވެރިވެއްޖެނަމަ އެކަމެއް ވެރިންނަށް އެންގުން.
  • ޕަވަރޕްލާންޓްގެ ޓެކްނިކަލް ޑާޓާ އިވެލުއޭޓްކުރުން އަދި ފިޔަވަޅެއް އަޅަންޖެހޭ ފަދަ ކަމެއްވާނަމަ ވެރިންގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުން.
  • ޕަވަރޕްލާންޓްގައި އިންސްޓޯލް ކުރެވިފައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިދާނެކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި ވަގުތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.
  • ޕަވަރޕްލާންޓަށް ބޭނުންވާ މުދަލާއި، ސްޕެއަރޕާޓްސް އަދި ޕަވަރޕްލާންޓަށް ބޭނުންވާ އެހެނިހެން ތަކެތީގެ ލިސްޓް އެކުލަވާލުމާއި، މިތަކެތި ހޯދުމުގެ މަސައްކަތްކުރުމާއި، އަދި މިތަކެތީގެ ސްޓޮކް ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

02 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 02 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

08 ރަބީޢުލްއާޙިރު 1447

30 ސެޕްޓެންބަރު 2025

30 ސެޕްޓެންބަރު 2025
ހޯދާ