މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ އިދާރާގެ މަސައްކަތްތަކުގައި ބޭނުންކުރަމުންގެންދާ ވެހިކަލްތަކަށް ބޭނުންވާ ޓަޔަރު ހޯދުމާގުޅޭ، (2 ވަނަ އިޢުލާން)

މާލެ ސިޓީ ކައުންސިލްގެ އިދާރާގެ މަސައްކަތްތަކުގައި ބޭނުންކުރަމުންގެންދާ ވެހިކަލްތަކަށް ބޭނުންވާ ޓަޔަރު ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2025/176 އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްތަކުގެ އަގު ބޮޑުކަމަށްވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 އޮކްޓޫބަރ 2025 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 07 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

30 ސެޕްޓެންބަރު 2025
ހޯދާ