ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު ފުޓްސަލް މުބާރާތުގެ އިހަވަންދޫ ތަމްސީލުކުރާ ފުޓްސަލް ޓީމަށް، ވޮލެންޓިއަރކޮށް ކޯޗުކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް

ތިލައުތުރު ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އިހަވަންދޫ ތަމްސީލުކުރާ ފުޓްސަލް ޓީމަށް، ވޮލެންޓިއަރކޮށް ކޯޗުކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)248-ESMSED/248/2025/102 މިއިޢުލާނުގައި އެއްކަރުދާސްކޮށްފައިވާ މައުލޫމާތުގައިވާ 3 ވަނަ ނަންބަރުގެ، "ކުރިމަތިލާ ފަރާތުގައި ހުންނަންވާނެ ޝަރުތުތައް" އަންނަނިވިގޮތަށް އިސްލާކޮށް އަލުން އިޢުލާން ކުރީމެވެ.

 

3- ކުރިމަތިލާ ފަރާތުގައި ހުންނަންވާނެ ޝަރުތުތައް:

  • ދިވެހި ރައްޔިތެއް ކަމުގައިވުން.

1 ފުޓުސަލް ކޯޗިން އެންމެ ދައްވެގެން C ލައިސެންސް ފާސް އޮތް ފަރާތެއް ކަމުގައިވުން،

2 ނުވަތަ، ފުޓުބޯޅަ ކޯޗިންގެ ދާއިރާއިން އެންމެ ދައްވެގެން އޭ އެފް ސީ C ލައިސެންސް ފާސް އޮތް ފަރާތެއް ކަމުގައިވުން،  

3 ނުވަތަ ފުޓުސަލް ކޯޗިންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.

 

ނޯޓު: ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ގާބިލު ފަރާތެއް ކަނޑައެޅުމުގައި އިސްކަންދޭނީ، ކުރިމަތިލާ ފަރާތުގައި ހުންނަންވީ ސަރުތުތައް ބަޔާންކޮށްފައިވާ މާއްދާގައި  ސަރުތުތައް ތަރުތީބުކޮށްފައިވާ ގޮތުގެމަތިންނެވެ.

ވީމާ، ވޮލެންޓިއަރކޮށް ކޯޗުކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2 އޮކްޓޫބަރު 2025 ގެ 14:00 ގެ ކުރިން މި އިއުލާނާއެކު ވާ ގޫގަލް ފޯމް ފުރުއްވާ ހުށަހެޅުމަށް ދަންނަވަމެވެ.

ގޫގަލް ފޯމް: https://forms.gle/sQyjGGe2qVtcGwUh8

 ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

30 ސެޕްޓެންބަރު 2025
ހޯދާ