މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނީލަމާއިބެހޭ މަޢުލޫމާތު

                                އިޢުލާން              

 

            މިއިދާރާއިން 23 ސެޕްޓެމްބަރު 2025 ވަނަ ދުވަހު ބޭއްވި ފުރަތަމަ ނީލަމުގައި ނީލަމަށް ނުނަގާހުރި ތިރީގައި މިދަންނަވާ ތަކެތި ދެވަނަ ފަހަރަށް ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 13 އޮކްޓޯބަރު 2025 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ގ. ހެލްތު ސަޕްލައިޒް ގުދަން (ހުސްނުހީނާ މަގު ޓެލެކޮމް ބިލްޑިން ކައިރި) ގައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

 

ކޯޑް

މުދާ

ރޭޓް

އަދަދު

ނީލަންކިޔަން ފެށޭނެ އަގު

ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު

F001

ލޯބެކް ޗެއަރ

2332.00

1

56.60

10

F002

ލޯބެކް ޗެއަރ

1520.00

1

16.00

10

F003

ލޯބެކް ޗެއަރ

2300.00

1

55.00

10

F004

ހައިބެކް ޗެއަރ

2500.00

2

65.00

10

F005

މީޑިއަމް ބެކް ޗެއަރ

2500.00

3

65.00

10

F006

މީޑިއަމް ބެކް ޗެއަރ

2550.00

1

67.50

10

F007

މީޑިއަމް ބެކް ޗެއަރ

1650.00

2

22.50

10

F008

މީޑިއަމް ބެކް ޗެއަރ

2438.00

2

61.90

10

F009

ސްޓޯލް ޗެއަރ

1465.00

1

13.25

10

F010

ބަގެޓް ޗެއަރ

399.00

2

11.95

10

F015

ކޮންފެރެންސް ޓޭބަލް

4500.00

1

130.00

10

F016

އޮފީސް ޓޭބަލް

2800.00

1

120.00

10

F017

ސޭފް

5000.00

1

180.00

10

F018

ހައިބެކް ޗެއަރ

3950.00

1

137.50

10

  

ނީލަންކިޔުމުގެ އުސޫލު

  • ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
  • ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  • ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
  • ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
  • ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. ނީލަމުގެ އަގު ދައްކަންވާނީ ‘BandeyriPay!’ ޕޯޓަލް މެދުވެރިކޮށްށެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.

 

30 ސެޕްޓެންބަރު 2025
ހޯދާ