މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

މިރަށުގެ ބޮޑެތި މަގުތަކާއި ފެންހެދޭ މަގުތަކަށް ވެލި އަޅައި އެއްވަރުކޮށް، އަދި ރުއްތައް ކަނޑަންޖެހޭ މަގުތަކުން ރުއްތައް ކަނޑައި، މަގު އެއްވަރުކޮށްދިނުމުގެ މަސައްކަތް ހެވީލޯޑް މެޝިނަރީ ބޭނުންކޮށްގެން ނުވަތަ ކުއްޔަށްދޭގޮތަށް އެކަން ކުރެވޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރެވުނު ނަންބަރު 335/2015/95 (29 ސެޕްޓެންބަރު 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. އަންދާސީހިސާބު މިއިދާރާގެ މެއިލް މެދުވެރިކޮށް ގަޑިއަށް ހުށަހެޅުއްވުމުން ބަލައިގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

06 މުޙައްރަމް 1437

19 އޮކްޓޫބަރު 2015
ހޯދާ