ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީ ކައުންސިލުން އާންމުންނަށް ފަނިފަކުސަ ބޭސް ވިއްކުމާއި ގުޅޭ

އިޢުލާން

ކުޅުދުއްފުށި ސިޓީ ކައުންސިލުން އާންމުންނަށް ފަނިފަކުސަ ބޭސް ވިއްކުމާއި ގުޅޭ

ޤާނޫނު ނަންބަރު:7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ ދަށުން، ޕެސްޓް ކޮންޓްރޯލް ކުރުމަކީ ސިޓީ ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތަކަށްވުމާއެކު، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ލިބިދޭންޖެހޭ ޚިދުމަތެއް ފަސޭހަކަމާއެކު ހޯދައިދިނުމުގެ މަޤްޞަދުގައި، ކުޅުދުއްފުށި ސިޓީ ކައުންސިލުން ފަނިފަކުސަ ބޭސް އަންނަނިވި ދުވަސްތަކުގައި ވިއްކުމަށް ވަނި ހަމަޖެހިފައެވެ.

 

ތާރީޙާއި ދުވަސް: 05 އޮކްޓޯބަރ 2025 (އާދީއްތަ) އަދި 06 އޮކްޓޯބަރ 2025 (ހޯމަ)

ގަޑި: ހެނދުނު 09:00 ން 11:00 އަށް

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ ރިސެޕްޝަން ޑެސްކް  

 

ބޭސް އަދި އަގުތައް:

#

ބޭހުގެ ނަން

ބޭހުގެ ބޭނުން

އަގު

1

ފްރުޓް ފްލައި ފެރޮމޯން ޓްރެޕް

ފެރޮމޯން ބޭނުންކޮށްގެން ފުރުޓް ފްލައި މަދުކޮށްދިނުމަށް

210/- ރ.

2

ބެސިލަސް ސަބްޓިލިސް ސްޓްރެއިން   100g

ތަފާތު ފަންގަސް ބަލިތަކުން ގަސްގަހާގެހި ރައްކާތެރި ކުރުމަށް ބޭނުންކުރެވޭ ބަޔޯފަންގިސައިޑްއެއް.

122/- ރ.

3

ފަންގިއުރަން (ކޮޕާ ހައިޑްރޮކްސައިޑް) 500g

ގަހުގައި ހުންނަ ފަންގަސް އަދި ބެކްޓީރިއާގެ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމަށް. މި ބޭހުން މިލްޑިއު، ބްލައިޓް، ކެންކަރ އަދި ދަބަރު ބަލި ފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް.

267/- ރ.

4

މެންކޮޒެބް %75 WP 250g

ގަސްގަހުގައި ހުންނަ ފަންގަސްގެ ސަބަބުން ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް އަދި ބަލިޖެހުމުން ދިފާއުކޮށްދިނުމަށް ބޭނުންކުރެވޭ. މި ބޭހުން ޕައުޑަރީ މިލްޑިއު (ހުދުފޫޖެހުން)، ލީފް ސްޕޮޓް (ފަތުގައި ލައްޖެހުން) އަދި ދަބަރު ބަލި ފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް.  

141/- ރ.

 

މި އިޢުލާނާއި އެކު "ކުޅުދުއްފުށި ސިޓީ ކައުންސިލުން އާންމުންނަށް ފަނިފަކުސަ ބޭސް ވިއްކުމާއި ބެހޭ އުސޫލު" އެއްހިރާސްކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6527196 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

 

30 ސެޕްޓެންބަރު 2025
ހޯދާ