މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކުރުން

ބ.މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ

     މި އިއުލާނާއިއެކު ހިމަނާފައިވާ މަޢުލޫމާތާއި އެއްގޮތަށް ބ.މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. 

     ވީމާ، ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ މަޢުލޫމާތު

  • ހިޔާދޭ ބޮޑެތި ގަސްތައް ފިޔަވައި ގަބުރުސްތާނުގައިވާ ވިނަތައް ނޮޅާ ސާފުކުރުން
  • ގަބުރުސްތާން ވަށައިގެން ބޭރުން 5 (ފަހެއް) ފޫޓު ސާފުކުރުން
  • ނޮޅާ ސާފުކުރާ ތަކެތި މިކައުންސިލުން ދައްކާތަނަކަށް އެޅުން

ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން

  • މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 އޮކްޓޯބަރ 07 ވާ އަންގާރަދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް([email protected]) އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ.

މައުލޫމާތު ދިނުން

  • މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2025 އޮކްޓޯބަރ 07 ވާ އަންގާރަދުވަހުގެ 10:00 ށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  • މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވެމެ.

އަގު ހުށަހެޅުން

  • އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 އޮކްޓޯބަރ 09 ވާ ބުރާސްފަތިދުވަހު 11:00ގައިބ.މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އަގު ޝީޓު ފުރިހަމަކޮށް  ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • އީމެއިލް ޒަރިއްޔާ އިން ހުށަހަޅާ ބީލަންތައް ހުންނަންވާނީ ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިއެވެ.ސުންގަޑީގެ ކުރިން އީމެއިލް ޒަރިއްޔާއިން ބީލަމާއި އެކު ޕާސްވޯޑް މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް؛ ([email protected]) އަށް މެއިލް ކުރައްވަންވާނެއެވެ.
  • ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ބީލަންތައް ކެނޑުމަށް ހުއްދަދެވިފައިވާ ލިޔުމަކުން ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.

މަސައްކަތް ހަވާލުކުރުމުގައި ޕްއިންޓް ދޭނެ އުސޫލު

  • މަސައްކަތައް ހުށަހަޅާ އަގު   % 90
  • މަސައްކަތައް ހުށަހަޅާ މުއްދަތު % 10

އިތުރު މައުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020  އަށް ގުޅުއްވުމަށް ދަންނަވަމެވެ.

30 ސެޕްޓެންބަރު 2025
ހޯދާ