އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެމް ޓީ ސީ ސީ އަށް ގެއެއް ކުއްޔަށް ހިފުމާގުޅޭ

            އެމް ޓީ ސީ ސީ ގެ ފަރާތުން އދ. ފެންފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަޕްގްރޭޑިން ވޭސްޓް އެންޑް ރިސޯސް މެނޭޖަމަންޓް ސެންޓަރ ޕްރިޖެކްޓްގެ މަސައްކަތް ކުރުމަށް އަންނަ އެކުންފުނީގެ މުވައްޒަފުން ތިބުމަށްޓަކައި 3 ކޮޓަރީ، 3 ފާހާނާ ސިޓިންރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭގޮތަށް 2 އޮކްޓޯބަރ 2025 އިންފެށިގެން 3 މަސްދުވަހުގެ މުއްދަތަށް މިމަސްރޫއު ހިނގަމުންދާ ސަރަހައްދާއި ކައިރިން އެމް ޓީ ސީ ސީ އަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

            ވީމާ މަތީގައި ދެންނެވި ޝަރުތުތައް ހަމަވާ ގެއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2025 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން ގެ ކުއްޔަށް ދޫކުރެވޭނެ އަގު އަދި ގޭގެ މައުލޫމާތު ބަޔާންކޮށް މިކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުންއެދި އާންމުކޮށް އިއުލާންކުރީމެވެ. 

29 ސެޕްޓެންބަރު 2025
ހޯދާ