މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް 2025، ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ކައުންސިލް ކަޕް 2025، ފުޓްބޯޅަމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ދެ ޖިންސްގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތް "ކައުންސިލް ކަޕް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފީމެވެ.

ބައިވެރިވުމަށް ޝައުޤުވެރިކަން ހުރި ޓީމްތަކުން މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުން ފެށިގެން 12 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހާއި ހަމައަށް ރަސްމީ ކޮންމެ ދުވަހަކު 9:30 ން 14:00 ގެ ނިޔަލަށެވެ. ފޯމް ހުށަހަޅުއްވާއިރު ފޯމްގައިވާ މަޢްލޫމާތުތައް ރަނގަޅަށް ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފޯމް ހުށަހަޅަންވާނީ މިއިޢްލާނާއިއެކު ޢާންމުކޮށްފައިވާ ޤަވާއިދުތައް ރަނގަޅަށް ކިޔުމަށްފަހު ޤަވާއިދުގައިވާ ގޮތާއިމެދު އެއްބަސްވެ ހުރެއެވެ. މުބާރާތުގެ ޤުރުއަތު ނަގާނީ 15 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެރޭ 20:30 ގައި ކައުންސިލް އިދާރާގެ ހުރަވީ މާލަމްގައެވެ. މިއިޢްލާނާއިގުޅޭ ގޮތުން އިތުރު މަޢްލޫމާތެއް ސާފުކުރަން ބޭނުންނަމަ 6640074 ފޯނާއި ގުޅުއްވުން އެދެމެވެ.

29 ސެޕްޓެންބަރު 2025
ހޯދާ