އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހުޅުދޫ އަވަށު އޮފީހުން ބާއްވާ އޮޕެން ވޯޓަރ ޑައިވަރ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

        އައްޑޫސިޓީ ހުޅުދޫގައި ވިލުންތެރި މުޖްތަމައެއް ބިނާކުރުމުގެ ގޮތުންނާއި ޒުވާނުން ބާރުވެރިކޮށް، ކުރިއަރަމުންދާ ލޯކަލް ޓުއަރިޒަމް މަގުފަހި ކުރުމުގެ ގޮތުން ހުޅުދޫ އަވަށު އޮފީހުން ބާއްވާ އޮޕެން ވޯޓަރ ޑައިވަރ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

        މިކޯހުގައި ބައިވެރިވެވޭނީ އެންމެ ގިނަވެގެން 10 ބައިވެރިންނަށެވެ. މިކޯހުގައި ހުޅުދޫ ގައި ދިރިއުޅެމުންދާ 17 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވަމެވެ.

        ވީމާ، މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 02 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނަންބަރު  7933088 އަށް ވައިބަރ ކޮށް ނަންނޯޓުކުރުމަށް ދަންނަވަމެވެ.

ނޯޓް: މި ކޯހަށް ބައިވެރިން ނަގާނީ ނަންނޯޓުކުރާ ތަރުތީބުންނެވެ.

 07ރަބީޢުލްއާޚިރް 1447

29 ސެޕްޓެމްބަރ 2025

29 ސެޕްޓެންބަރު 2025
ހޯދާ