ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްމެދު މައިޒާނުގައި ފެން ހޮޅިއާއި ކަރަންޓު ކޭބަލް ކޯރު ކޮނެ އަޅާދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އަގު ހުށަހެޅުއްވުމުގެ ދަޢުވަތު

ރަށްމެދު މައިޒާނުގައި ފެން ހޮޅިއާއި ކަރަންޓު ކޭބަލް ކޯރު ކޮނެ އަޅާދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މަސައްކަތްތަކުގެ ތަފްޞީލް އަދި އިވެލުއޭޝަންގެ ތަފްސީލް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ.

         ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ލިންކުން އަގު ހުށައެޅުއްވުން އެދެމެވެ.

https://forms.gle/8RzcxKkc7fEfnh5A7

   އަގުހުށައެޅުއްވުމުގެ ސުންގަޑި

ތަފްޞީލް

ތާރީޚް

ދުވަސް

ސުންގަޑި

އަގުހުށައެޅުއްވުމުގެ ސުންގަޑި

30 ސެޕްޓެމްބަރ 2025

އަންގާރަ

14:30

މި އިޢުލާނަށް އަގުހުށައެޅުއްވޭނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

1 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކޮށްފައިވާ ކުންފުނިތައް.

.2 ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޕާޓްނަރޝިޕްތައް.

.3 ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

.4 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

5. ޢާމްދަނީ ހޯދުމުގެ ގޮތުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް.

 

 

 

  

    07 ރަބީޢުލްއާޚިރް 1447

29 ސެޕްޓެންބަރު 2025
ހޯދާ