މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޯލްޑިވްސް އެމް.އެސް.އީ އެވީޑް 2025 އަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލުން

ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން އިޤުތިސާދީ ތަރއްޤީއާއި ވިޔަފަރިއާ ބެހޭ ވުޒާރާއާ ގުޅިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މިވަނީ މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑް 2025 އަށް ފޯމު ހުށައެޅުމަށް ހުޅުވާލާފައެވެ.

އެމް.އެސް.އެމް.އީ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ އަންނަނިވި 2 (ދޭއް) ގިންތީގެ ދަށުން މައިގަނޑު 24 ދާއިރާއަކަށެވެ.

  1. ޖަޖުކުރެވޭ ގިންތި (13 ދާއިރާއެއް)
  2. ޕޮޕިއުލާ އެވޯޑްސް ގިންތި (11 ދާއިރާއެއް)

އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިއެވާ ޕޯޓަލް ލިންކް މެދުވެރިކޮށް ފޯމު ހުށައެޅުމަށް ދަންނަވަމެވެ.

ޕޯޓަލް ލިންކް:  https://msme.bcc.mv/

އެވޯޑް އުސޫލު: https://shorturl.at/u3ATQ

ސުވާލާއި ޖަވާބު ކަރުދާސް: https://shorturl.at/t1hva

އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑި އަކީ 2025 އޮކްޓޯބަރު 2 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށެވެ.

29 ސެޕްޓެންބަރު 2025
ހޯދާ