ދިވެހިރާއްޖެ
ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން، މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމަށް ބޭނުންވާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ދަނީކުރަމުންނެވެ.
މި މަސައްކަތުގެ ތެރެއިން، މެނޭޖްމަންޓް ޕްލޭނަށް ބެނުންވާ މައުލޫމަތު އެއްކުރުމަށާއި، މިކަމާ ގުޅޭގޮތުން މަސްލަހަތުވެރިންގެ ޚިޔާލު ހޯދުމަށް، ކަށިމިޔަރު މަސްވެރިކަން މީގެ ކުރިން ފުޅާދާއިރާއެއްގައި ކޮށްފައިވާ ފަރާތްތަކާއި، ކަށިމިޔަރު މަސްވެރިކަން ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމަށް މި ކައުންސިލުން ބޭނުންވެއެވެ.
ވިމާ، ރ. މަޑުއްވަރީގައި މިޔަރުގެ މަސްވެރިމުގައި ކުރިން ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި، މި މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ޝައުގުވެރިކަން ހުރިފަރާތްތަކުން 2025 އޮކްޓޯބަރު 06 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ޝައުގުވެރިކަން ހުރި ފަރާތްތަކުން މިއިޢުލާނާއިއެކުވާ ގޫގުލް ފޯމް، މިޔަރުގެ މަސްވެރިކަން ކުރުމަށް ރަޖިސްޓްރީވާ ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
