މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމާ ގުޅޭ

                                      ނަންބަރު: (IUL)303-EDMS/303/2025/64

އިޢުލާން

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމާ ގުޅޭ

ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންއިން (އެފް.އޭ.އޯ) އިން ވަނީ ޕޯސްޓަރު މުބާރާތެއް ބޭއްވުމަށް ހަމަ ޖައްސަވާފައެވެ(.) މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 5 އަހަރާ 19 އަހަރާ ދެމެދުގެ އުމުރު ފުރާގެ ފަރާތްތަކަށެވެ(.) އަދި މި މުބާރާތުގައި ހުށަހަޅާ ޕޯސްޓަރ ތަކުގައި ފުރިހަމަވާން ޖެހޭ ޝަރުޠުތަށް ކަމުގައި އެފް.އޭ.އޯއިން ބަޔާންކޮށްފައިވާ ޝަރުޠުތަށް ތިރީގައި އެވަނީއެވެ.

  • ކޮންމެ ބައިވެރިއަކަށް   ހުށަހެޅޭނީ 01 ޕޯސްޓަރެވެ.
  • ޕޯސްޓަރުގެ ގޮތުގައި ހުށަހެޅޭ ތަކެތި ކުރަހާފައި، ކުލަޖައްސާފައި ނުވަތަ ކުރެހުމެއްގެ ގޮތުގައި ހުންނަންވާނީ ގަލަން، ފަންސުރު، ކުރެޔޯން، ޗާރކޯލް، ތެޔޮކުލަ، އެކުރިލިކް ނުވަތަ ފެންކުލަ ބޭނުން ކޮށްގެންނެވެ. އަދި މިކްސްޑް މީޑިއާވެސް ބޭނުން ކުރެވިދާނެއެވެ. ޑިޖިޓަލްކޮށް އުފައްދައިފައިވާ އާޓްވޯކުވެސް ހުށަހެޅިދާނެ(.) ފޮޓޯ ބޭނުމެއް ނުކުރެވޭނެއެވެ.
  • އާޓިފިޝަލް އިންޓަލްޖެންސް(އޭއައި) ޓޫލްއަކުން އުފައްދާފައިވާ އެއްވެސް ޕޯސްޓަރެއް މި މުބާރާތުގައި ހުށަހެޅުން މަނައެވެ.
  • ޕޯސްޓަރުގައި ލިޔުން ހިމެނިދާނެއެވެ. ލިޔުން ހިމެނޭނީ 25 ބަހައްވުރެ ގިނަނުވާގޮތަށް ނުވަތަ 100 އަކުރަށްވުރެ ގިނަ ނުވާ ގޮތަށެވެ. ނަން، ސްކޫލުގެ ނަން ނުވަތަ އުމުރު ފަދަ އަމިއްލަ މަޢުލޫމާތު ހިމަނައިގެން ނުވާނެ(.)
  • ހުރިހާ ހުށަހެޅުމެއްވެސް ވާންޖެހޭނީ އަމިއްލަ އުފެއްދުމަށެވެ(.)
  • ބައިވެރިވެލައްވާ ހުރިހާ ފަރާތްތަކުން އެންމެ ބޮޑަށް ބައްލަވަން ވާނީ އާރލްޑް ފުޑް ޑޭ އެކްޓިވިޓީ ފޮތުންކިޔުމަށެވެ. ވޯލްޑް ފުޑް ޑޭ އެކްޓިވިޓީ ބޫކް
  • ޑިޖިޓަލް ޕޯސްޓާއެއް ހުށަހަޅުއްވާނަމަ، އެ ޕޯސްޓަރ ހުންނަންވާނީ  (JPEG) ފޯމެޓަށް ސޭވްކޮށްފައެވެ.(.)

ހުރިހާ ޕޯސްޓާއެއްވެސް ހުށަހަޅަންވާނީ ފޯރުކޮށްދީފައިވާ އޮންލައިން ފޯމް މެދުވެރިކޮށް https://www.fao.org/world-food-day/contest/en

  • ޕޯސްޓަރު ހުށަހެޅުމުގެ ސުންގަޑިއަކީ 07 ނޮވެމްބަރ 2025 ގެ 15.00ޖަހާއިރުއެވެ(.)
29 ސެޕްޓެންބަރު 2025
ހޯދާ