ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ފްޓްސެލް ދަނޑުގެ ޓާފް ބަދަލުކުރުން

ފުޓުސަލް ދަނޑުގެ ޓާރފް ބަދަލުކޮށް ދިނުން

  1. މިސްކޫލުން ފުޓުސަލް ދަނޑުގެ ޓާރފް ބަދަލުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ސެޕްޓެމްބަރ 29 ން 2025 އޮކްޓޯބަރ 04 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:

https://forms.gle/EfWxiZRmxDkJHnWP9

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޮކްޓޯބަރ 06 ވަނަ ދުވަހުގެ 14:00ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 އޮކްޓޯބަރ 12 ވަނަ ދުވަހުގެ 11:00ގައިކަލާފާނު ސްކޫލު ގައެވެ.
  3. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  4. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

7- ކަލާފާނު ސްކޫލު

ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ.                                                                 

ފޯން: 3328991

އީ-މެއިލް: [email protected]

29 ސެޕްޓެންބަރު 2025
ހޯދާ