ދިވެހިރާއްޖެ
މި އޮފީހުގައި ހުރި، ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުން، މި ހޮސްޕިޓަލްގައި 2025 އޮކްޓޯބަރ 10 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 16:00 ގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2025 އޮކްޓޯބަރ 10 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 16:00 އަށް ހޮސްޕިޓަލްއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ. ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ، މި ހޮސްޕިޓަލްގެ ރިސެޕްޝަން ކައުންޓަރއަށް ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. ފައިސާ ދެއްކުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންދާ ތަކެއްޗާމެދު މި އޮފީހަށް ފެންނަ ގޮތަކަށް ޢަމަލުކުރެވޭނެއެވެ. އަދި، ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ، 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ |