ފެމިލީ ކޯޓް
ދިވެހިރާއްޖެ
ވެބްސައިޓް ޑެވަލޮޕްކޮށް، ވެބްސައިޓް މެއިންޓެއިން ކޮށްދެއްވުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ފެމިލީ ކޯޓުގެ ވެބްސައިޓް ޑެވަލޮޕްކޮށް، 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ވެބްސައިޓް މެއިންޓެއިން ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު A3/2015/188-ފ146 (04 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 11:00އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ނޮވެންބަރު 05 ވަނަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގުގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސްރޫމަށެވެ.

07 މުޙައްރަމް 1437  

20 އޮކްޓޫބަރު 2015
ހޯދާ