ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
Tender Notice

އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފާމަސީތައް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ.

ތިރީގައިވާ ރަށުގައި ފާމަސީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

  • ތ. ވޭމަންޑޫ
  1. މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 2. މަސައްކަތުގެ ބާވަތް:

  • ތ. ވޭމަންޑޫ :

ފާމަސީ ބޮޑުކުރުމުގެ މަސަތަކަތްތައް ކުރުން.

 

 3. ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

3.1  ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، 200،000.00ރފ (ދެ ލައްކަ ރުފިޔާ) އަށް ވުރެ ކުޑަ ނޫން އިމާރާތް ކުރުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ވުން.

3.1.1  ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުންނެވެ. އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތައް ވެރިފައި ކުރުމަށް އިތުރު މައުލޫމާތު ހޯދިދާނެއެވެ.

3.1.2  އެސްޓީއޯއަށް ހުށަހަޅާ ރެފަރެންސް ސިޓީތައް ވާންވާނީ އެސްޓީއޯގައި ބްލެކްލިސްޓް ކުރެވިފައިނުވާ އަދި އެސްޓީއޯއާއެކު އެއްވެސް ފައިސާގެ މައްސަލައެއް ނެތް ކުންފުނިތަކަކުން ދޫކޮށްފައިވާ ސިޓީތަކަށެވެ. މި މައްސަލަތައް ހުރި ކުންފުނިތަކުން ދޫކޮށްފައިވާ ރެފަރެންސް ސިޓީތައް ބަލައިނުގަތުމުގެ އިހްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.

3.1.3  ރެފަރެންސް ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަނަމަ، ސިޓީއާއި އެކު އެ މަސައްކަތުގެ ސަޕޯޓިންގ ޑޮކިއުމަންޓްސް ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީ ބަލައި ނުގަނެވޭނެއެވެ. ހުށަހަޅާފައިވާ ސިޓީ އާއި ސަޕޯޓިންގ ޑޮކިއުމަންޓްސް ތަކުން މަސައްކަތުގެ ތަފްސީލު އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ އެ ސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.

3.1.4  ރެފަރެންސް ސިޓީތަކަކީ، ފޯޖްކުރެވިފައިވާ ނުވަތަ ކޮއްފައިނުވާ މަސައްކަތަކަށް ހަދާފައިވާ ރެފަރެންސް ސިޓީތަކެއްކަމަށް އެސްޓީއޯއަށް ޔަގީންކުރެވިއްޖެނަމަ، މި އިއުލާނުގެ ދަށުން، އެފަރާތެއް ރަޖިސްޓްރީނުކޮށްދިނުމުގެ އިހްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.

3.1.5  މި އިއުލާނުގެ ދަށުން، ރެޖިސްޓްރީ ކުރާ ފަރާތަކީ، އެސްޓީއޯގައި ބްލެކްލިސްޓް ކުރެވިފައިވާ ނުވަތަ ބްލެކް ލިސްޓް ކުރެވިފައިވާ ފަރާތަކާ ގުޅުންހުރި ފަރާތެއްކަމަށް އެސްޓީއޯއަށް ޔަގީން ކުރެވިއްޖެނަމަ، އެފަރާތެއް ރަޖިސްޓްރީކޮށްނުދިނުމުގެ އިހްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.

3.2  މިޢިއުލާން ގެ ދަށުން ކޮންމެ ފަރާތަކަށް ވެސް ކުރިމަތި ލެވޭނީ ގިނަވެގެން 2 (ދޭއް) ރަށަށެވެ. ނަމަވެސް ރަޖިސްޓަރ ކުރާފަރާތަކީ، އެސްޓީއޯ ގައި މިވަގުތު އިތުރު ޕްރޮޖެކްޓެއްގެ (1 ޕްރޮޖެކްޓް) މަސައްކަތް ކުރަމުންދާ ކުންފުނި ނުވަތަ ކުންފުނީގެ ހިއްސާދާރެއް ނަމަ، އެފަރާތަކަށް ރެޖިސްޓަރ ކުރެވޭނީ މި އިޢުލާން ގައި ބުނެފައިވާ ރަށްތަކުގެ ތެރެއިން 1 (އެކެއް) ރަށަކަށެވެ. އަދި ރެޖިސްޓަރ ކުރި ކުންފުނި ނުވަތަ ކުންފުނީގެ ހިއްސާދާރުންނަކީ، މިވަގުތު އެސްޓީއޯގެ  ޕްރޮޖެކްޓެއްގެ 2 (ދޭއް) މަސައްކަތް ކުރަމުންދާ ފަރާތެއްނަމަ އެފަރާތުގެ ރެޖިސްޓްރޭޝަން ބަލައި ނުގަނެވޭނެއެވެ.

3.3  ރެޖިސްޓަރ ކުރާފަރާތަކީ، ކުރިން އެސްޓީއޯ ގެ ޕްރޮޖެކްޓެއް ނިންމާ އަދި މިވަގުތު ޕްރޮޖެކްޓެއް ކުރިއަށް ގެންދާ ފަރާތެއްނަމަ، ރަޖިސްޓަރ ކުރެވޭނީ އެއްވެސް ޕޮރޮޖެކްޓެއްގައި %20 (ވިހި އިންސައްތަ) ޑިލޭއެއް ނޫޅޭނަމައެވެ.

3.4  ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އެސްޓީއޯ އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގައި ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.

3.5  ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އިކޮނޮމިކް މިނިސްޓްރީ އަދި މީރާގައި ޑީބަރޑް ނުވަތަ ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.

 

4. ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:

4.1   ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ރިފަރެންސް ސިޓީ

4.2   ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ރެޖިސްޓްރޭޝަންކޮޕީ

4.3   ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ހިއްޞާދާރުންގެ އައި.ޑީ.ކާޑް ކޮޕީ

4.4   ކުންފުނީގެ ހިންގާ ޤަވާއިދު

4.5   ކުންފުނީގެ އަސާސީ ޤަވާއިދު

 

5. ރަޖިސްޓަރީ ކުރުން: 

5.1 ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 05 އޮކްޓޯބަރ 2025 ވަނަ ދުވަހު 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

 

އީމެއިލް އެޑްރެސް: [email protected]

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:  1422

އީމެއިލް: [email protected]  

29 ސެޕްޓެންބަރު 2025
ހޯދާ