މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން

ޤާނޫނު ނަންބަރު 2010/ 3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދު ނަންބަރު 2014/R-36 (ޓެކްސް އޭޖެންޓުންގެ ގަވާއިދު) އަށް 18 ޖޫން 2014 އިން ފެށިގެންވަނީ ޢަމަލުކުރަން ފަށާފައެވެ. މި ގަވާއިދުގެ ދަށުން، ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށް ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ މީރާއިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، ޓެކްސް އޭޖެންޓުކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދި މީރާއަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޓެކްސް އޭޖެންޓުކަން ކުރުމަށް އެދޭ ފަރާތްތަކުން MIRA 113 ފޯމު ފުރިހަމަ ކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިއުންތަކާއެކު މި އޮތޯރިޓީއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމު މި އޮތޯރިޓީގެ ވެބްސައިޓް www.mira.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

މި އިއުލާނާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ 1415 އަށް ގުޅުއްވުން އެދެމެވެ.

5 މުޙައްރަމް 1437

18 އޮކްޓޫބަރު 2015
ހޯދާ