މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫއިން ބަންޑާރަ ގޯތި ދޫކުރުން 2025

އިޢުލާން

ބ ގޮއިދޫއިން ބަންޑާރަ ގޯތި ދޫކުރުން

          ލޭންޑްޔުސް ޕްލޭންގައި ހިމެނިގެން މިވަގުތު ދޫކުރުމަށް ހުއްދަލިބިފައިވާ 78 ގޯތި ދޫކުރުމަށްޓަކައި ، ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލްއަށް ގެންނަންޖެހޭ އިސްލާޙުތައްގެވެނި، މިހާރު ފާސްކުރެވިފައިވާ ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލް 2025 ގެ ދަށުން 2500 އަކަފޫޓުގެ 78 ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.  ވީމާ ، ގޯއްޗަށް އެދި ހުށަހެޅުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން  ގޯއްޗަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު 15 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން މިކައުންސިލަށް ފޯރމް ހުށަހެޅުން އެދެމެވެ. ނަމަވެސް މިކައުންސިލްގެ ނަމްބަރ (IUL)325-MS/325/2025/10 އިޢުލާނާ ގުޅިގެން ފޯރމްހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ކުރީބުރު ގޯތި ނުލިބޭ ފަރާތްތަކުން އަލުން ފޯރމް ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި ކުރިން ހުށަހަޅާފައިވާ ފޯރމް އަނބުރާ ގެންދަން ބޭވުންވާ ފަރާތްތަކަށް އެފުރުޞަތުވެސް އޮންނާނެއެވެ. ނަމަވެސް ކުރިން ފޯރމް ހުށަހެޅި ފަރާތްތަކުގެ ދިރިއުޅުމުގެ ކަންކަމަށް އިތުރު ބަދަލެއް އައިސްފައިވާނަމަ ، އެކަމެއް ކައުންސިލަށް ސިޓީއަކުން ހުށަހަޅަންވާނެއެވެ.

          ގޯއްޗަށް އެދޭ ފޯރމް ބަންދުނޫންކޮންމެދުވަހެއްގެ ރަސްމީގަޑީގައި މިކައުންސިލުން ލިބެންހުންނާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯރމް ހުށަހަޅަން ބޭނުންވާ ފަރާތަކުން ފޯރމް އީމެއިލް ކުރާނީ [email protected]  އަށެވެ. އީމެއިލް ކުރާ ފަރާތްތަކުން  ފޯރމް ކައުންސިލަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ. 

          ފޯރމް ފުރިހަމަ ކުރާއިރު މަޢުލޫމާތު އަދާހަމަކުރާނީ ފޯރމް ފުރާ ތާރީޚާއި ހަމައަށެވެ. އަދި ފޯރމް ހުށަހެޅުމަށްފަހު ދިރިއުޅުމުގެ ޙާލަތަށް އަންނަ ބަދަލާއިގުޅިގެން މާރކްސް އުނި / އިތުރު ކުރުމުގައި ރިޢާޔަތް ކުރެވޭނީ  ވަގުތީލިސްޓް ޢާންމުކުރާ ދުވަހާއި ހަމައަށެވެ. އަދި މި ފޯރމާއެކު އެޓޭޗްކުރެވިފައިވާ ޗެކްލިސްޓަގައިވާ ހުރިހާ ލިޔެކިޔުމެއް ހުށަހަޅާން ވާނެއެވެ.

ގޯއްޗަށް އެދި ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ތިރީގައި މިވަނީއެވެ.

(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން

(ނ) ބަންޑަރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައިރަޖިސްޓްރީވެފައި ނެތުން .

(ރ) އަމިއްލަ ނުވަތަ ބަންޑަރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން . ނުވަތަ ލިބިފައިވާ މިފަދަބައެއް ބަންޑަރަގޯތިދޫކުރުމުގެ ޤަވާއިދާ އެއްގޮތަށް ދޫކޮށްލުން .

(ބ) ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން. ނުވަތަ މިފަދަތަނެއް އަމިއްލަ ނަމުގައި އޮވެ މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވުން .

(ޅ) އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުމުގައި ރަޖިސްޓްރީވެފައި ނެތުން . ނުވަތަ މިފަދަތަނެއް އަމިއްލަނަމުގައި އޮވެ އެފަދަ ތަނެއް ދީ ނުވަތަ ވިއްކާލާފައިވާތާ 02 އަހަރަށްވުރެ ގިނަ ދުވަސްވެފައިވުން.

(ކ) ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި ، އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ ޢަދަދާއި ،ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި ، ނުވަތަ އޮވެ ، އެގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް މި އުޞޫލްގެ 4 ވަނަ  މާއްދާގައި ބުނާ ކޮމިޓީއަށް ފެނުން .

        މިއިޢުލާނާއެކު ، މިއަހަރު ދިރިއުޅުމަށްޓަކައި ބަންޑަރަ ގޯތި ދުކުރުމަށް މިކައުންސިލުން ފާސްކޮށްފައިވާ އުޞޫލާއި ،   ގެވަޅުދޫކުރާ ސަރަޙައްދުގެ ޗާޓް އަދި ، ބަންޑާރަ ގޯއްޗަށް އެދޭ ފޯރމް ޢާންމު ކުރެވިފައިވާނެއެވެ.

         މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ސެޕްޓެންބަރު 2025
ހޯދާ