މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޞިއްޙީ ޚިދުމަތުގެ ފަންނެއްގެ މަސައްކަތްތެރިއެއްކަން ދެއްކުމާއި ގުޅޭ

އިޢުލާނު

      ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 96 (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އެލައިޑް ހެލްތު ޕްރޮފެޝަނަލެއްކަމަށް އަންގައިދިނުމަށް ޓަކައި، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ލައިސަންސް ހޯދާފައިވާ ފަރާތް ފިޔަވައި އެއްވެސް ފަރާތަކުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.

(1) ޞިއްޙީ ޚިދުމަތެއްގެ ވަކި ފަންނެއްގެ ނަން ބޭނުން ކުރުން.

(2) ޞިއްޙީ ޚިދުމަތުގެ ވަކި ފަންނެއްގައި ރަޖިސްޓްރީވުމުގެ ޙައްޤު ލިބިދޭ ތަޢުލީމީ ފާހެއް ނެތި، އެފަދަ ފާހެއް އެމީހަކަށް ލިބިފައިވާކަން ދެއްކުން.

(3) ވަކި ފަރާތެއް ނުވަތަ ފަރާތްތަކަކީ ޞިއްޙީ ޚިދުމަތުގެ ވަކި ފަންނަކަށް ނިސްބަތްވާ، ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ މަސައްކަތްތެރިއެއްކަން އެންގުމުގެ ގޮތުން އިޝްތިހާރުކުރުން.

      މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ "އިޝްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، ބުނާ ބަސްތަކަކުން ނުވަތަ ޝާއިޢުކުރާ ލިޔުމަކުން ނުވަތަ ދައްކާ މަންޒަރުތަކަކުން ނުވަތަ އިއްވާ އަޑުތަކަކުން، އެކަމެއް އިޝްތިހާރުކުރުމަށް ކަމަށްވެސް، މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ޞިއްޙީ ޚިދުމަތުގެ ފަންނެއްގެ މަސައްކަތްތެރިއެއްކަން އެންގުމަށް ޓަކައި، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދާފައިވާ ފަރާތް ފިޔަވައި އެހެން އެއްވެސް ފަރާތަކުން މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.

      އަދި ލައިސަންސް ލިބިފައިވާ ފަރާތްތަކުންވެސް ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެކެވެ.

      އަދި މަތީގައި ދެންނެވިފައިވާ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެކަންވެސް ޢާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

29 ސެޕްޓެންބަރު 2025
ހޯދާ