ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ހުޅުމާލެ ފިޔަވަހި 1 ގެ ޕްލޮޓް ނަންބަރު 10623 ބިމުގައި ހުރި މި އޭޖެންސީގެ 4 ފަންގިފިލާގެ އިމާރާތުގެ ފެސިލިޓީ ރިނޮވޭޝަން މަސައްކަތްތައް، މި އޭޖެންސީން ދޭ ކުރެހުމާއި މަޢުލޫމާތާއި އެއްގޮތަށް 25 ޑިސެމްބަރ 2025 ވަނަ ދުވަހުގެ ކުރިން މަސައްކަތް ފުރިހަމަކޮށް، ނިންމޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ:

ހުޅުމާލެ ފިޔަވަހި 1 ގެ ޕްލޮޓް ނަންބަރު 10623 ބިމުގައި ހުރި މި އޭޖެންސީގެ 4 ފަންގިފިލާގެ އިމާރާތުގެ ފެސިލިޓީ ރިނޮވޭޝަން މަސައްކަތްތައް، މި އޭޖެންސީން ދޭ ކުރެހުމާއި މަޢުލޫމާތާއި އެއްގޮތަށް 25 ޑިސެމްބަރ 2025 ވަނަ ދުވަހުގެ ކުރިން މަސައްކަތް ފުރިހަމަކޮށް، ނިންމޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް،  މަޢުލޫމާތު ދިނުމާއި، ތަނުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ދެނެގަތުމަށް އިމާރާތަށް ޒިޔާރަތްކޮށް، ސައިޓް ސްޕަވިޝަން ކުރިއަށް ގެންދިޔުމާއި އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މި އިއުލާނާއި ގުޅޭ މަސައްކަތުގެ މަޢުލޫމާތު ކަރުދާސް އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

 

ތާރީޚް

ގަޑި

ތަން

މައުލޫމާތު ދިނުމުގެ ސެޝަން / ސައިޓް ސްޕަވިޝަން / މަސައްކަތްތައް ދެނެގަތުން

30 ސެޕްޓެމްބަރ 2025 (އަންގާރަ)

1:30 (މެންދުރުފަހު)

ހުޅުމާލެ ފިޔަވަހި 1 ގެ ޕްލޮޓް ނަންބަރު 10623 ގައި ހުރި މި އޭޖެންސީގެ 4 ފަންގިފިލާގެ އިމާރާތުގައި (މި އިމާރާތް ހުންނާނީ ޕްލޮޓް ނަންބަރު 10623 ގެ އެންމެ ދެކުނުން ސިފްކޯ ފްލެޓްތަކާއި ދިމާލަށް އަދި ޖަސްޓިސް ބިލްޑިންގ އެނެކްސް (ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓް ހުންނަ އިމާރާތް) އާއި ޖެހިގެން ހުޅަނގު ދެކުނުގައި)

އަންދާސީ ހިސާބު ހުށަހެޅުއްވުން

07 އޮކްޓޯބަރ 2025

(އަންގާރަ)

10:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

28 ސެޕްޓެންބަރު 2025
ހޯދާ