ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޢިމާރާތަށް ބޭނުންވާ ބްލައިންޑްސް ހަދައިދީ ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިޢުލާން ނަންބަރު 87/2015/1/164(IUL) އާ ހަވާލާދީ ދަންނަވަމެވެ. ކުރިން ކުރެވުނު އިޢުލާނަށް އެކަށީގެންވާ ވަރަށް ބިޑް ހުށަހަޅާފައިނުވާތީ، އަލުން މި ޢިމާރާތަށް ބޭނުންވާ ބްލައިންޑްސް ހަދައިދީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފާރާތްތަކުން 02 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިމާރާތަށް (64 ނަންބަރު ކޮށި، ކަލާފާނު ހިނގުން) ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 11 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 13:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
09 މުޙައްރަމް 1437